ވިޔަފާރި
ދިރާގުޕޭއިން ރީލޯޑްކޮށްގެން ހިލޭ ކްރެޑިޓް ހޯދުމުގެ ފުރުސަތު
ދިރާގުޕޭ އެޕް މެދުވެރިކޮށް ވަކި އަދަދުތަކެއް ރީލޯޑް ކޮށްގެން %6 ކްރެޑިޓް އިތުރަށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:

  • 100ރ.ގެ ރީލޯޑަކަށް އިތުރު 6ރ.

  • 200ރ.ގެ ރީލޯޑަކަށް އިތުރު 12ރ.

  • 500ރ.ގެ ރީލޯޑަކަށް އިތުރު 30ރ.


ދިރާގުން ބުނީ އެ ޚާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ލިބޭނީ، ދިރާގުޕޭ އެޕްގައިވާ "ފީޗާޑް" ޓެބް މެދުވެރިކޮށް، "ދިރާގު ރީލޯޑް" އިޚްތިޔާރުކޮށްގެން ކަމަށެވެ. އެއަށްފަހު، ޕްރިޕެއިޑް ފޯނު ނަންބަރާއި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖެހުމުން އިތުރު ކްރެޑިޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ޖޫން މަހުގެ 16ގެ ނިޔަލަށެވެ.

ރީލޯޑް ޚިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށާއި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.   




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު