
މި ސަރުކާރުގެ ދެވަނަ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ 14 އެޕްރީލުގަ އެވެ.މިނިސްޓަރުގެ ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ނަމަވެސް ނާޒިމު އެ މަގާމަށް އައްޔަން ކުރެއްވީ ކޮންއިރަކު ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ގިނަ މިނިސްޓަރުންތަކެއް އެ ދުވަހު އިސްތިއުފާ ދެއްވިއިރު އޭގެ ތެރެއިން ބައެއް ބޭބޭފުޅުންނަށް މަގާމުތައް އަންނަނީ ދެއްވަމުންނެވެ. އެގޮތުން ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާއިރު, އެންވައިރޮމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.