ޚަބަރު
ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހު 1ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށެވެ،" ފުލުހުންގެ މީޑިއާއިން ބުނެފައިވެ އެވެ.

އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ވަނީ ފަށާފަ އެވެ.

މީގެ އިތުރުން، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ވަކިން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު