ޚަބަރު
ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ތާއީދު އިތުރުވާނެ ކަމެއް ނޫން: ފައްޔާޒު
ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ އަދި ހައްގުތަކަށް ވަކާލާތުކުރާ ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށް، އެއީ ތާއީދު އިތުރުވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ކެމްޕެއިންގައި އުޅުނު މުވައްޒަފުން ވަކި ކުރުމުން ކަންބޮޑުވާ ކަމަށެވެ.

އޭގެ އިތުރުން ވެމްކޯ އިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ސަރުކާރުން އަންގައިގެން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެކަންކަން ފައްޔާޒް ސިފަ ކުރެއްވީ އިންތިހާބަކުން ބަލިވުމުން ބަދަލު ހިފުމުގެ އަމަލުތަކެއް ގޮތުގަ އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭންގައި އުޅުނު ސަރުކާރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު