ވިޔަފާރި
ބީއެމްއެލް ފަންޑަށް ފޯމު ހުށަހެޅުން އަންނަ އާދިއްތައިގައި ހަމަވާނެ
ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫގައި ގާއިމްކުރި ސެން ކްލާސްރޫމް. - ފޮޓޯ/ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. 

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ. މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

އެ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ފަންޑަށް އެދި އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް އަންނަ އާދިއްތަ ދުވަހު 14 ވަނަ ދުވަހުގެ މެންދުރު 2 އާ ހަމައަށް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

ބޭންކް ފަންޑް ތައާރަފް ކުރިފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ ނުވަ ޖަމްއިއްޔާއަކަށް އެ ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު