ޚަބަރު
ޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ އެވެ.

ޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްފަހުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ރޭ އެވެ.

ދ. މީދޫއަށް އުފަން ޝައިހް އިސްމާއީލްއަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.

މަދީނާ ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ޝައިހް އިސްމާއީލް ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެ އެހީތެރިކަމާއެކު އަރަބި ބަހުން އިސްލާމްދީން އުނގަންނައިދޭ މަދަރުސާއެއް ތައިބާގެ ނަމުގައި ހިންގަވާފަ އެވެ.

ޝައިހް އިސްމާއިލް މުހައްމަދަށް މިދިޔަ އަހަރު ވަނީ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ އޮނަރަރީ ޑޮކްޓަރޭޓުކަން ވެސް ދެއްވާފަ އެވެ. ޝައިހް އިސްމާއިލް މުހައްމަދަށް މި ޝަރަފު އެރުވީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި މަސައްކަތް ބަލައިގަނެ އޭގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މީގެއިތުރުން ޝައިހް އިސްމާއިލަށް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

ޝައިހްގެ އަމިއްލަފުޅު ހަރަދުގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު