ޚަބަރު
އެމެރިކާގެ އިސް ބޭފުޅަކު ރައީސްއާ ބައްދަލުކުރައްވައިފި
އިންވެސްޓްމެންޓްގެ ދާއިރާއިންނާއި، މެރިޓައިމް އަދި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މިއަދު މަޝްވަރާތަކެއް ބާއްވައިފި އެވެ.

ރައީސްގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ. އަދި ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެސް ޕޯލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. 

އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓްމެންޓްތައް އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މިއީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އަދި ސަރަޙައްދީ ހަމަޖެހުމަށްވެސް މުހިންމު ދާއިރާތަކެއްކަން ދެފަރާތުންވެސް ފާހަގަކުރެއްވި އެވެ.

ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެގައުމަށްވެސް ފައިދާހުރި ކަންކަމުގައި އެކީގައި މަސައްކަތް ކުރުމުގެ ރޫޙު އާކުރައްވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު