ވިޔަފާރި
ބީއެމްއެލްއިން އަގުހެޔޮ އިތުރު 710 ފްލެޓް އަޅަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިން ޔުނިޓު އަޅަން ބިން ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ ބައްދަލުކުރުމަށް ކުރިއަށްގެންދާ "ޕްރެސާ ވިތު ސްޕޮކްސް" ޕްރޮގްރާމްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު މިއަދު ވިދާޅުވީ އިތުރު ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ކެޕޭސިޓީ ބީއެމްއެލްގައި އެބަހުރި ކަމަށެވެ.

"ބީއެމްއެލްގެ ކެޕޭސިޓީ އެބަހުރި އަދި އެ ކެޕޭސިޓީ އިތުރުކޮށްލަން. އެހެންވީމަ 3،260 މިހާރު އެވޯޑު ކުރެވުނީ، އަދި އިތުރު 710 ހަމަ އެ ސްކީމްގެ ތެރެއިން އެބަ ވެއްދޭ،" މުންދު ވިދާޅުވި އެވެ. 

މީގެެތެރެއިން ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވާ އެހެން ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމުގައި މުންދު ވަނީ ވިދާޅުވެފަ އެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު