ޚަބަރު
ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި
ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު އަވަހާރަވީ  އުމުރުން 74 އަހަރުފުޅުގައި އާދިއްތަ ދުވަހު އެވެ.

ގަތަރުގެ ޝާހީ އާއިލާއަށް އިހުތިރާމު އަދާކުރައްވާ، ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް ވަޑައިގަތީ އިއްޔެ އެވެ.

ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ ގަތަރުގެ އަމީރު، ޝައިހު ތަމީމް ބިން ހަމަދު އާލް ސާނީއާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ރައީސްވަނީ، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފަ އެވެ. 

އަދި މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާއި މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.

ގަތަރަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި، ތައުލީމީ ދާއިރާއާއި، އިސްލާމީ ވަންތަކަން ކުރިއެރުވުމުގައި ގަތަރުގެ އެހީތެރިކަން ރާއްޖެއަށް ވަނީ ލިބިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު