އެގްރޯނެޓުގެ ބޯޑަށް ފިނޭންސްގައި މަސައްކަތްކުރެއްވި ޝަޒްހަތު އައްޔަންކޮށްފި
ޔޫނުސް އިބްރާހިމް
02 އޯގަސްޓް 2026 - 18:01
0 comments
އެގްރޯނެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ޝަޒްހަތު ލަޠީފް --- ފޮޓޯ: ޕީސީބީ
އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒްހަތު ލަތީފް މިއަދު އައްޔަންކޮށްފި އެވެ.
އެގްރޯނެޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު އައްޔަންކޮށްފައިވަނީ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް ކަމަށް ޕީސީބީން ބުނެފި އެވެ.
ޝަޒްހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ހަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެ އެވެ.
މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައި ޝަޒްހަތު އިސް ދައުރެއް އަދާކުރައްވަ އެވެ.
ޝަޒްހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނާސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ޝުއޫރު