ޚަބަރު
ގޮނޑީގައި މިސްކިތަށް ނުވެއްދުމުން ރައީސަށް ޝަކުވާ ދެންނެވީ ވީޑިއޯއާ އެކީ!
ފުރޮޅުލީ ގޮނޑިއެއްގައި މާލެ ސަރަހައްދުގެ މިސްކިތަށް ވަންނަން ދިޔަ މީހަކު މިސްކިތަށް ނުވައްދައި، ހުރަސް އެޅި މައްސަލައިގެ ޝަކުވާ، ވީޑިއޯ ހެއްކާއެކު ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފި އެވެ.

ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ކުރިއަށް ގެންދަވާ ޕްރޮގްރާމްގައި ބައްދަލުކުރި މީހަކު އެ މަނިކުފާނަށް ދެންނެވީ އަލިކިލެގެފާނު މަގުގައި ހުންނަ ސޮލާހުއްދީން މިސްކިތަށް ގޮނޑީގައި ވަންނަން އުޅުމުން ނުވައްދާނެ ކަމަށް ބުނެ، ވަރަށް ހުތުރުކޮށް ދޮރު ލެއްޕި ކަމަށެވެ. މިސްކިތުން އެގޮތަށް ކަންތައް ކުރި މީހުން އުޒުރަކަށް ދެއްކީ އެ މީހާ ރައީސް މުއިއްޒަށް ކިޔައިދިން ގޮތުގައި މިސްކިތް ހަޑިވެދާނެ ކަމުގެ ކަންބޮޑުވުމެވެ.

"... ދެން އަޅުގަނޑު ބުނިން ދޮރު ކައިރީ އަރިމަތީގައި ވެސް ބޭންދޭނެނުންތޯއޭ، ތިޔަބޭފުޅުންނަށް ފަހުން ސާފު ވެސް ކޮށްލެވޭނެނުންތޯއޭ. ބުނީމާ ވެސް، ބުނީ  ނުވެއްދޭނެއޭ، ވީލްޗެއާ މީހުންނަކަށް މިއިން ޒަމާނަކު ވެސް މި މިސްކިތަކަށް ނުވެެއްދޭނެޔޯ،" ފާއިޒް ނަމަކަށް ކިޔާ އެ މީހާ ރައީސަށް ދެންނެވި އެވެ.

ފާއިޒް ބުނި ގޮތުގައި ހުޅުމާލޭގައި ހުންނަ މިސްކިތަކުން ވެސް އޭނާއާ މެދު އަމަލުކުރީ ހަަމަ އެގޮތަށެވެ. އެހެންވެ، އޭނާ މިހާރު ނަމާދުކުރަނީ މުޅިން ވެސް ގޭގަ އެވެ.

ފާއިޒު ވަނީ ގޮނޑީގައި ތިބޭ ފަރާތްތަކަށް ވެސް މިސްކިތުގައި ނަމާދު ކުރެވޭނެ ގޮތަށް ކޮންމެ ވެސް އެއް ސްލޮޓެއް އެފަދަ ފަރާތްތަކަށް، ގޮނޑި އެތެރެއަށް ނުވައްދާ ގޮތަށް ވެސް ހާއްސަ ކުރެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު