ޚަބަރު
ކަނޑިންމަ ތިލަވެގެން މުދާ އުފުލާ ދޯޏެއް ހޯރަފުށީ ބަދަރަށް ނުވަދެވި 3 ދުވަސް!
ކަނޑިންމަ ތިލަވެ، ހޯރަފުށީ ބަދަރަށް ނުވަދެވި އޮތް ދޯނި
ކަނޑިންމަ ތިލަވެގެން މުދާ އުފުލާ ދޯޏެއް ހއ. ހޯރަފުށީ ބަދަރަށް ނުވަދެވި އޮންނަތާ 3 ދުވަސް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަފުށީ ބޭރުގައި އޮތް ދޯންޏަކީ ހޯރަފުށީގައި ހިންގާ އެސްޓީއޯ ފިހާރައަށް ހިލަ، ހިލަވެލި، ސިމެންތި ހިމެނޭހެން ގިނަ އަދަދެއްގެ މުދާ ހިފައިގެން އައިސް އޮތް ދޯންޏެކެވެ.

މި ދޯނި ހޯރަފުށީ ފަޅަށް ނުވަދެވެނީ ފަޅަށް ވަންނަ ނެރުފައިކަށި ހިމެނޭހެން ފަޅުތެރެ ވެލިވަދެ ތިލަވުމާއި ގުޅިގެން ނެވެ.

މިކަމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަސްފާމް "ހޯރަ" އަށް ވިދާޅުވީ ހޯރަފުށީ ފަޅާއި ކަނޑިންމަ ހިމެނޭހެން މުޅި ފަޅު ފުންކުރުމާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާއި ގުޅުންހުރި މިނިސްޓްރީތަކާއި މައުލޫމާތު ހިއްސާ ކުރެވިފައިވާނެ ކަމަށާއި އަވަސް މުސްތަގުބަލެއްގައި މިކަމަށް ދާއިމީ ހައްލެ ލިބޭނެ ކަމަށް އުންމީ ކުރައްވާ ކަމަށެވެ.

ހޯރަފުށީ ފަޅުގެ ނެރު ވަރަށް ބޮޑަށް ތިލަވުމުގެ ސަބަބުން، ރަށަށް ވަދެނިކުމެ އުޅޭ ބޮޑެތި އުޅަނދުފަހަރަށް ދަތުރުފަތުރު ކުރުމުގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަތިވެފައި އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު