ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕްރައިމަރީގައި އިބޫ ވާދަކުރަންވީ ސަބަބެއް ނުވިސްނޭ: ނަޝީދު
ޔޫނުސް އިބްރާހިމް
08 ސެޕްޓެމްބަރ 2026 - 11:04
0
comments
Tweet
Telegram
އިދިކޮޅު އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގުރާމުގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ސޯލިހު އެ މަގާމަށް ކުރިމަތިލައްވަންވީ ސަބަބެއް އެއްގޮތަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"ދެން ރައީސް ސޯލިހު ވެސް ކުރިމަތިލައްވަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކޮންމެ ބޭފުޅަކު ކުރިމަތިލި ނަމަވެސް އެމަނިކުފާނު ހުންނަވާނީ ހުންނަ ގޮތުގައި ކަމަށާއި އެގޮތުން މިފަހަރު ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެރިކަމަށް ގެންނަން ތާއިދުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒަށް ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެ ނަމަ، ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓެއްގެ ފަަހަތަށް އަރައިވަޑައިގަންނަވާނެކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
'ބޮޑު ބަދަލު'ގެ ނަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ނަޝީދާއި ފައްޔާޒު އެކުގައި ދަނީ ކެމްޕޭނެއް ހިންގަމުންނެވެ. ސިޔާސީ މަސައްކަތް ފައްޓަވާފައިވާއިރު، ދެ ބޭފުޅުންގެ 'ފެކްޝަން'ތަކުގެ މެދުގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
މި ބަދާލާ އެކު ދެ ބޭފުޅުން އިއުލާންކުރައްވާފައިވާ ގޮތުގައި، ނަޝީދު ބޭނުންފުޅުވަނީ ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ފައްޔާޒު ހުންނަވާށެވެ. ނަޝީދު ހުންނަވަން ބޭނުންފުޅުވަނީ ދައުލަތުގެ ވެރިޔާ އަދި ރައީސެއްގެ ގޮތުގަ އެވެ.
އެގޮތުން، މި ބަދަލުގައި ހުށަހަޅަނީ:
ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން
ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން
ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން
ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ކޮންގްރެސް 1 އޮކްޓޯބަރަށް ފަސްކޮށްފި
8 ދުވަސް ކުރިން
0
އުތުރުގެ ކެމްޕޭނަށް ޝާހިދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ
11 ދުވަސް ކުރިން
0
ރިސޯޓު ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާތައް ގެއްލި ދާނެ: ނަޝީދު
16 ދުވަސް ކުރިން
0
ރިސޯޓު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އޮތް ނުރައްކަލެއް: ނަޝީދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިސޯޓު ކުލިން ނުލިބި 97 މިލިއަން ޑޮލަރު އެބަހުރި: މިނިސްޓަރު އަމީން
2 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގެ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ
24 ގަޑިއިރު ކުރިން
0
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް، ރަށްވެއްސަކަށްވާނަމަ އެލަވަންސެއް!
24 ގަޑިއިރު ކުރިން
0
ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި
24 ގަޑިއިރު ކުރިން
0