ޚަބަރު
ރައީސް މުއިއްޒަށް ދެވަނަ ދައުރެއްދޭން ނައިބު ރައީސް ވެސް ތާއީދުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއްދޭން ތާއީދުކުރާ އެންމެ ބޮޑު ސަބަބަކީ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރައްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމަށް ހުށަހެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބުގެ ގޮތުގައި ކޮންގްރެސްގައި ބައިވެރިވާ އަބްދުﷲ އިބްރާހީމް ހުށަހެޅި ގަރާރުގައެވެ.

އޭނާގެ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން ވޯޓު ދީފައިވަނީ އަތް އުފުލައިގެންނެވެ.

އަބްދުﷲ އިބްރާހީމްގެ ގަރާރުގައި ބުނެފައިވަނީ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ގައުމީ ޚިދުމަތް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި ރިޔާސީ ދެވަނަ ދައުރެއް ހައްގު ކަމަށެވެ.

ޕީއެންސީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިފިނަމަ އަދި އެ ބޭފުޅަކު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާނަމަ ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ދެވޭ ގޮތަށް ޕީއެންސީގެ އަސާސީ ގަވައިދުގައި ފުރުސަތު ފަހިކޮށްދީފައިވާ ކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް މުއިއްޒަށް ދެވަނަ ދައުރެއްދޭން ޖެހޭ ސަބަބުތަކެއް އެބަހުރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒަކީ މި ގައުމުގެ ހަމަޖެހުމާ ތަރައްގީގެ އިތުރުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުން މި ގައުމުގައި ދެމި އޮންނާނީ އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، މި ގައުމުގެ ގައުމިއްޔަތެއް އާލާކޮށް ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ދިރުވުމަށް ގައުމިއްތަތެއް ބިނާ ކުރެއްވުމަށް ރައީސް މުއިއްޒު ބޮޑެތި މަސަކަތްތަކެއް ފައްޓަވާފައިވާތީ ކަމަށެވެ.

އަދި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހެނީ، ގައުމެއްގެ ނިސްބަތުން ގައުމެއް ދިރުވައި އާލާ ކުރުމަށްޓަކައި ހާއްސަކޮށް އިސްލާމީ ހިދާޔަތަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށްވާއިރު ދީން ކުރިއެރުވުމަށް ތަނބުތަކެއް ގާއިމު ކުރެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސަކަތްޕުޅުތަކަށް ފުރިހަމައަށް ތައީދު ކުރައްވާތީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު