ޚަބަރު
ރަސްފަންނު ރުއްތަކުން ވަގުރުކު އެޅި މީހަކު ހައްޔަރު ކޮށްފި
ރަސްފަންނުގައި ހުރި ރުށްތަކަކުން ވަގަށް ކުރުނބާ އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މީހެކެވެ. 

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، ރަސްފަންނު ސަރަހައްދުން ކުރުނބާ އެޅުމަކީ މަނާކަމެއްކަން ނޭންގޭ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ. 

އަދި އޭނާއަކީ ހައްޔަރާއި ބަންދު ރެކޯޑު އޮންނަ މީހެއްކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި އެމީހާ ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު