ޚަބަރު
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި
އެމްޑީޕީގެ އިންތިހާބުުތަކުގައި ވާދަކުރަން މިއަދު ހުޅުވާލައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށެވެ. 

ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތަކަކީ؛

  • ކޮންމެ އަތޮޅަކުން އަދި ކޮންމެ ސިޓީއަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެމްބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރު
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރުން
އެމްޑީޕީން ބުނީ މި ހުރިހާ މަގާމަކަށް ކުރިމަތިލާ ބޭފުޅުން ވެސް 1،000ރ. ގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ "ޔެލޯ" އެޕް މެދުވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ކަމަށް އެ ޕާޓީން ބުންޏެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާއިރު، އާ މަޖިލީހެއް އިންތިހާބު ކުރަން ވޯޓުލުން ބާއްވަން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ޕާޓީގެ މެންބަރަކަށްވުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ އޮކްޓޯބަރު 20، ގެ 14:00 ޖަހަންދެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު