ޚަބަރު
އިމިގްރޭޝަން ކޮންޓްރޯލަރއަކަށް މުޙައްމަދު އަޙްމަދު ޙުސައިން ޢައްޔަނުކުރައްވައިފި
އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް، މުހައްމަދު އަހުމަދު، (ހަނަފީ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާ ވަނީ މީގެ ކުރިން ޕީއެސްއެމްގެ އިސް މަގާމުތަކާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ. މި މަޤާމަށް މުޙައްމަދު އަޙްމަދު ޙުސައިން ޢައްޔަނުކުރައްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚައްޞަ ރަސްމިއްޔާތެއްގައެވެ. އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަނުކުރައްވާފައި މިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އަންވަރު އެ މަޤާމުން މިއަދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އެ މަޤާމަށް ހަނަފީ އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު