ޚަބަރު
ކޮވިޑް19: ބައެއް ބޭސްތައް ރާއްޖެއަށް ގެނެވޭނެ މަގު އިންޑިއާއިން ހަމަޖައްސަދީފި
ފޮޓޯ: ފޮރިން މިނިސްޓްރީ
މިވަގުތު ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސިއްޙީ ސާމާނު ގެނައުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފިއެވެ. 

މިފަހަރު ރާއްޖެއަށް އެކްސްޕޯޓްކުރުން ހުއްދަ ދިން ތަކެތީގެ ތެރޭގައި ކޮވިޑަށް ފަރުވާ ދިނުމަށް "އާޖެންޓް" ކޮށް ބޭނުންވާ ޓެސްޓް ކިޓްތަކާއި، ރީޖެންޓްސް އަދި ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތައް ހިމެނެ އެވެ.

އިންޑިއާއިން ދިން ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތަކުގެ ތެރޭގައި 20،000 ޕީސް ހިމެނެ އެވެ. އޭގެ އިތުރުން އިންޑިއާއިން ވަނީ އެތަނޯލްގެ 5000 ފުޅިވެސް ރާއްޖެއަށް ދީފަ އެވެ.

ހުއްދަ ދިން ތަކެތި މިހަފްތާ ތެރޭގައި ރާއްޖެ ގެނައުމަށް ވަނީ ނިންމައިފަ އެވެ.

އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި މެލޭރިއާ ބައްޔަށް ފަރުވާކުރާ އަދި ކޯވިޑް-19އަށްވެސް ފަރުވަކުރުމަށް ބޭނުންވާ ބޭސް، ހައިޑްރޮކްސީކްލޮރޮކްލީންވެސް ރާއްޖެ ވަނީ ގެނެސްފައެވެ. އިންޑިއާ އެމްބަސީއިން ވަނީ މިފަހަރު އެކްސްޕޯޓް ކުރުން ބާތިލްކުރެވިފައިވަނީ ހަމައެކަނި ދިވެހިރާއްޖެއަށް އެކަނިކަމަށް ވިދާޅުވެފައެވެ. 

ރާއްޖެއަށް ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި އިންޑިއާއިން ވެދޭ އެހީތެރިކަން ފާހަގަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީންވަީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން އިންޑިއާއަކީ، އަބަދުމެ ދިވެހިރާއްޖެއާއި އެކުގައި، އަތުގުޅާލައިގެން މަސައްކަތް ކުރުމުގައި ދެމިއޮންނަ ޤައުމެއްގެ ގޮތުގައި އެ މިނިސްޓްރީއިން ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު