ވިޔަފާރި
ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން ކަރީ ކަޓް ތައާރަފު ކޮށްފި
ކުކުޅު ފިހާރަ 1 ހުޅުމާލެ އައުޓް ލެޓް -- ފޮޓޯ: ކުކުޅު ފިހާރަ
ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ތައާރަފް ކޮށްފި އެވެ.

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، އެ ފިހާރައިން ވިއްކާ ކުކުޅު ކޮށައިފައި(ކަރީ ކަޓް) އެކިސައިޒުތަކުން ހޯލްސޭލް އަދި ރީޓެއިލް ކޮށް މިހާރު ލިބޭނެކަމަށާއި ބޭނުމަކީ ގޭ ބިސީތަކަށް އަދި ވިޔަފާރިވެރިންނަށް އިތުރު ފަސޭހައެއް ފޯރުކޮށްދިނުން ކަމަށެވެ.

"މި އަދު އަޅުގަނޑުމެން މި ތައާރަފް ކުރީ ފްރޯޒަން ހުރިހާ ބާވަތެއްގެ ކަރީ ކަޓް، މާނައަކީ މިހާރު ކޮންމެހެން ނުޖެހޭނެ މިސާލަކަށް ބޮޑު ވެގެން ގޭ އަލަމާރިއަށް ނުލެވިދާނެތީ ބީފް ޓެންޑާ ލޮއިން ނުގަނެ ތިބޭކަށް، ކަސްޓަމަރ ބޭނުން ވާ ސައިޒަތަކުން ކޮށާ މިހުންނަނީ މިހާރު ޕެކްކޮށްފައި،" ނަޝާތު ވިދާޅުވި އެވެ.

ނަޝާތު އިތުރަށް ވިދާޅުވީ ހޯލްސޭލް އަދި ރީޓެއިންކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފް ކުރުމާއިއެކު ވިޔަފާރި ވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތް ވާނެކަމަށާއި ކުކުޅު ކޮށާއިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ވިޔަފާރިވެރިން ބޭނުންވާ ފިނިކުރި ބާވަތްތައް އެކި ސައިޒުތަކުން ބަންދުކޮށް ލިބޭނެގޮތްވުމުން ފިހާރައިގެ ޑީފް- ރީޒަރުތަކުން ޖާގަ ސަލާމަތްވެ ކަސްޓަމަރުންގެ ވަގުތާއި ފިހާރައިގައި މަސައްކަތް ކުރަން ތިބޭ ސޭލް މަނުންނަށް ވެސް އެތައް ފަސޭހައެއް ވެ ކުކުޅު ވިޔަފާރި "ޒަމާނީ" ވެގެން ދާނެކަމަށެވެ.

"މި ވަގުތުވެސް އަޅުގަޑުމެންގެ އަތުގައި ލިބެން ހުންނާނެ ކަރީ ކަޓް 800 ގްރާމް އިން ފެށިގެން 1400 ގްރާމް އަށް، އަނެއްކާ އަގަށް ބެލިޔަސް މާލޭ އިން ކީއްކުރަން ރާއްޖޭގެ އެއްވެސް ހިސާބަކުން އަޅުގަނޑުމެން ކަރީ ކަޓް ވިއްކާ އަގުގައި މިހާ ހެޔޮކޮށް ވިއްކޭނެ އިތުރު ބަޔަކު ނޫޅޭނެ،" ކުކުޅު ފިހާރައިން ތައާރަފު ކުރި ކަރީ ކަޓްގެ އަގާއި ގުޅޭ ގޮތުން ނަޝާތު ވިދާޅުވި އެވެ.


"ކުކުޅު ފިހާރަ" އިގެ ތިން ތަން ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. އަދި ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. ކުކުޅު ފިހާރަ 3 އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އަގުހެޔޮ އީ-ޝޮޕިން މޯލެވެ. އަދި މި ޝޮޕިން މޯލުގެ ހިދުމަތް މުޅި ރާއްޖެ އަށް ލިބެއެވެ. 

ކުކުޅު ފިހާރައިން ވަނީ އެ ފިހާރައި ގެ ވެބްސައިޓް، މެދުވެރިކޮށް ހޯލްސޭލްކުން ވެސް ފަށައިފަ އެވެ. ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި 500ރ. މތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. 

މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ މޯލް އިން އަންނަނީ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުން ނެވެ.  އެގޮތުން އެ ފިހާރައިގެ ޕޭޖަށް "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން ބުންޏެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅަންވީ 9986575 އަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު