ޚަބަރު
މި މަހުގެ ނިޔަލަށް ކުނި ނެރެން ޖެހޭނީ ގޭ ބޭރަށް: ވެމްކޯ
ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތް މި މަހުގެ ނިޔަލަށް ވެމްކޯއިން ދެމުންދާނީ މިހާރުވެސް ދެމުން އަންނަ އުސޫލުންކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުނި އުކާލާ ސައިޓްތައް ކުރިއެކޭ އެއްގޮތަށް ހުޅުވާލިނަމަވެސް، ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް އަދިވެސް ދެމުން ގެންދާނީ ލޮކްޑައުންގައި ޚިދުމަތް ދިން ގޮތަށެވެ. އެގޮތުން ވެމްކޯއިން ވަނީ މިހާރުވެސް ކުނި ނެރޭގޮތަށް މެންދުރު 12:00 އާއި 14:00އާ ދެމެދު، ބޭރަށް ކުނި ނެރެފައި ބެހެއްޓުމަށް އެދިފައެވެ. ވެމްކޯއިން ބުނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ގޭގެއިން ކުނިއުކާލުމުގެ ޚިދުމަތް ދޭނީ މި އުސޫލުންކަމަށެވެ.

ނަމަވެސް މިހާރު ގެނައި ބަދަލާއެކު މާލެ ހުޅުމާލޭގެ ވެމްކޯ ސައިޓަށްގޮސް ހެނދުނު 08:00އިން ރޭގަނޑު 00:00 އާއި ހަމައަށް ޚާއްސަ ހުއްދައަކާއި ނުލާ ކުނި އުކޭނެއެވެ. އަދި ވިލިމާލޭ ސައިޓަށް ހެނދުނު 08:00އިން ރޭގަނޑު 10އަށް ކުނި އުކޭނެއެވެ. ވެމްކޯއިން ޚިދުމަތްދިނުމަށް އަތޮޅުތަކުގައި ހުރި ސައިޓްތަކުންވެސް ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާނެއެވެ. 

ކުރިން ވެމްކޯއިން ޚިދުމަތް ދެމުން އައިސްފައިވަނީ ގޭގެއާއި އިމާރަތްތަކަށް ވަދެ، އެ އެޕަރޓްމަންޓްތަކުން ކުނި ކަލެކްޓްކޮށްގެންނެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އާއްމުންނާ މުޢައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުނި ނަގަމުންދަނީ އިމާރާތްތަކުގެ ބޭރުން މަގުމަތިންނެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު