ޚަބަރު
ފުލުހުނަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ޙައްލު ހޯދުމަށްޓަކައި ތަހުގީގު އަވަސްކުރަންޖެހޭ: ރައީސް
ފުލުހުންގެ މުއައްސާއަށް ކުރިމަތިވާ ފާޑުކިޔުންތަކުން ޙައްލު ހޯދުމަށްޓަކައި ހުށަހެޅޭ މައްސަލަތައް އަވަސްކޮށް، ތަހުގީގު އަވަސްކުރަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ކޯވިޑް-19އާ ގުޅިގެން ފުލުހުން ކުރައްވަމުންދާ މަސައްކަތްތަކާގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ފަޚުރުވެރިވާ ނަޒާހާތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެކަމަށެވެ. 

އެގޮތުން ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅޭ ޖިންސީ މައްސަލަތަކާއި، މިނޫންވެސް ރައްޔިތުންނާ ގުޅިފައިވާ ސީރިއަސް މައްސަލަތައް އަވަހަށް ބަލައި ތަޙްޤީޤްނިންމަންޖެހޭކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް އެކަމެއްގެ ވަގުތުގައި ގެނެސް ދިނުމަކީވެސް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު މުޖުތަމައުގައި އިތުރުވެ ގިނަވެގެން މިދާ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން އެކަންކަމާއިމެދު މާބޮޑު ސަމާލުކަމެއްނުދީ އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ބަލައި ފިޔަވަޅު އެޅުމުގައި މިހާރަަށްވުވެސް ހާމަކަން ބޮޑު މަަސއްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ ކިބައި އެދިވަޑައިގަންނަވާފައެވެ.

"އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެއް އެކަންކަމާއިމެދު މާބޮޑު ސަމާލުކަމެއްނުދީ އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއް. އެއީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ވިޔަސް. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާއާއި، މަސްތުވާތަކެތީގެ މައްސަލައަށްވިޔަސ، މިއީ ހައްލުނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކާ ގުޅޭ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރެނީ، އެފަދަ މައްސަލަތަކުގެ ހަގީގަތް ހާމަކުރުމުގައި ލަސްވެގެން ދާތީކަމަށާއި މިކަމަށްވެސް ހައްލު އަންނާނީ އެކަންކަމުގެ މައުލޫމާތު ފުލުހުން ހާމަކޮށް ހަގީގަތް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭލެއް އަވަސްވެގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާ އެކު ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު އަތްމަތި ދަތިވެ ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެއާއެކު އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވަމުންދާ ކަމަށާއި އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން މާ ބޮޑު ސަމާލުކަމެއް ނުދީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ތިލަވަމުންދާ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަކަމުގައި ވިއަސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާ އާއިި މަސްތުވާތަކެތީގެ މައްސަލަތައް ކަމުގައި ވިއަސް މިއީ ހައްލުނުކުރެވި މުޖުތަމައުގައި ހުރި ،މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު