ޚަބަރު
އުދަ އަރާފާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
ރާއްޖެ އަށް މޫސުން ގޯސްވެފައިވާ މި ދުވަސްވަރުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން 13 އަތޮޅަކަށް ރާޅު އަރާނެކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފިއެެވެ.

ޔެލޯ އެލާޓަކީ ދެވަނަ ދަރަޖައިގެ އެލާޓެކެވެ. އެ އެލާޓު ނެރޭނީ ހުދު އެލާޓުގައި އުދަ އަރާ ވަރަށް ވުރެ ބޮޑަށް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީއެވެ.

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު 15:00 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.

އެހެންކަމުން މާލެ ސިޓީ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް މި ގަޑިތަކުގައި އުދަ އެރުން އެކަށީގެންވެއެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.  އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

ދިޔަވަރު ބޮޑުވާވަގުތު ރާޅުގެ އުސްމިން 2ފޫޓާއި 4ފޫޓަށް އަރާނެކަމަށް މެޓުން ލަފާކުރެއެވެ.

ވޭތުވެދިޔަ ދެތިންދުވަހު އުދައަރައި ބައެއް ރަށްތަކަށްވަނީ ގެއްލުންވެފައެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު