ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހި: ފުރަތަމަ ސްކޫލް އަޅަން ބަޔަކާއި ހަވާލުކޮށްފި
އިސްމާއިލް ރިޒާ
07 ފެބުރުއަރީ 2021 - 17:49
0
comments
ހުޅުމާލޭ ފޭސް 2 ގެ ފުރަތަމަ ސްކޫލް އަޅަން އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރަނީ
Tweet
Telegram
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފުރަތަމަ ސްކޫލް "ޞަލާހުއްދީން ސްކޫލް" އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެ ސްކޫލް އިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު އެ ކުންފުންޏާއި އެޑިއުކޭޝަންމ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، އަމީން ކޮންސްޓްރަކްޝަނުން މި މަސައްކަތަށް ހުށަހަޅާފައި ވަނީ 118,336,879.62( ސަތޭކަ އަށާރަ މިލިއަން ތިންލައްކަ ތިރީސް ހަ ހާސް އަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ދެ ލާރި) އަށް ކަމަށެވެ.
އަދި އެ ކުންފުނިން މި އިމާރާތުގެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުންމީދަކީ 2022 ވަނަ އަހަރު މާރިޗް މަހުގެ ފަހުކޮޅުގައި މަސައްކަތް މުޅިން ނިންމާލެމުން ކަމަށެވެ.
މިއީ 2019 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ހުޅުމާލޭގައި މިހާރު ތިން ސްކޫލު ހުރެއެވެ. އެެއީ ޣާޒީ ސްކޫލް ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލް އެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ މާލޭ ސަރަހައްދުތަކުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އާ 10 ސްކޫލު ބޭނުންވާ ކަމަށެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން ތިން ސްކޫލު އަޅާނެކަމަށް މީގެކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސުކޫލެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާއިރު ދެވަނަ ފޭސްގައި މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. އަދި ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ. އޭރުން ދެވަނަަ ފޭސްގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ އެވެ. އޭގެ ކުރިން ދެވަނަ ފޭސްގައި އެކި ހިދުމަތް ދޭނެ ތަންތަން ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ގަޑިއިރު ކުރިން
0
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
2 ދުވަސް ކުރިން
0
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
4 ދުވަސް ކުރިން
0
ވިނަރެސް ފްލެޓުތަކަށް އޮންލައިންކޮށް ހުށަހެޅި ފޯމުތައް ބާތިލްކޮށްފި
5 ދުވަސް ކުރިން
0
ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
8 ގަޑިއިރު ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
9 ގަޑިއިރު ކުރިން
0
އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި
12 ގަޑިއިރު ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
12 ގަޑިއިރު ކުރިން
0