ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން ކެންސަލްކޮށްފި
މަރިޔަމް އަނާ
14 ފެބުރުއަރީ 2021 - 12:47
0
comments
ފޮޓޯ: އަވަސް
Tweet
Telegram
ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ތަހުގީގަށް މާލެ ގެނައުމަށް މިއަދު ނިންމާފައިވީ ނަމަވެސް އެކަން ކެންސަލް ކޮށްފި އެވެ.
ޔާމީން، ތަހުގީގަށް ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރުކުރަން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ މަނިކުފާނު އެ ތަހުގީގަށް ގެނައުން ކެންސަލް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެންމެ ބުނެފި އެވެ. ނަމަވެސް ކެންސަލްކުރި ސަބަބެއް އެ އިދާރާގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ކުރިން ހަމަޖައްސާފައި އޮތީ ތަހުގީގަށް ފަހު އެމަނިކުފާނު އަމިއްލަ ގެކޮޅަށް ހަތަރު ގަޑިއިރަށް ގެންދާށެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެމަނިކުފާނު ތަހުގީގަށް މާލެ ގެނައުން ވަނީ ކެންސަލް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ޔާމީން ގެޔަށް ގެންދަން ނިންމީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް، ތަހުގީގަށް ބޭނުންވާ ލިޔުމެއް ގެއިން ހޯއްދެވުމަށެވެ.
ރައީސް ޔާމީން އެންމެ ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މި މަހުގެ ދެވަނަ ދުވަހު މެންދުރެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކުރި ރަށެއްގެ މުއާމަލާތާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ އަދި ދައުވާކޮށްފައި ނުވާ މައްސަލައެކެވެ.
އެ ދުވަހު އެ މައްސަލާގައި ރައީސް ޔާމީނާ ސުވާލު ކުރި ނަމަވެސް، އެމަނިކުފާނު ބަޔާނުގައި ސޮއި ކުރައްވާފައި ނުވެ އެވެ.
ޔާމީން މިހާރުވެސް ހުންނެވީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާފުށި ޖަލުގައެވެ. އެއީ، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އުފުލާފައިވާ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.
އޭގެ އިތުރުންވެސް އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާ، ޝަރީއަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
10 ދުވަސް ކުރިން
0
ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ
15 ދުވަސް ކުރިން
0
ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި
15 ދުވަސް ކުރިން
0
ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޑްރެޖަރުގައި އަނިޔާވި ބިދޭސީ މީހާ މަރުވެއްޖެ
4 ގަޑިއިރު ކުރިން
0
ތުރުކީވިލާތުން އިސްރާއީލާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލައިފި
4 ގަޑިއިރު ކުރިން
0
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެނީ
5 ގަޑިއިރު ކުރިން
0
ތަރައްގީގެ އިތުރު މަޝްރޫއުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދަނީ
5 ގަޑިއިރު ކުރިން
0