ރައީސް އޮފީހުގެ ލީގަލް ކައުންސިލް ގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފައްދައިފި
އަލީ ރާޒީ
03 މެއި 2021 - 15:33
0 comments
ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާގެ ޅިޔަނު ޢަފީފް
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސިލް، އަހުމަދު އަބްދުﷲ އަފީފުގެ މުސްތަގިއްލުކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ސުވާލު އުފައްދައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލް އަހުމަދު އަބްދުﷲ އަފީފުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެއްވީ އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފީފް ވަނީ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެފައެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތްތަކުގެ ބިލް ފާސްކުރުމުގެ މަސައްކަތް ލަސްވަމުންދާތީވެ އިންސާފު ޤާއިމް ކޮށްދިނުމަށް ހުރަސް އެޅިގެންދާ ކަމަށް ޢަފީފް ވިދާޅުވެފައިވެއެވެ.އިންތި ވިދާޅުވީ އަހުމަދަކީ މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑް ތަމްސީލުކުރައްވާ ލީގަލް ފަރމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އަފީފަކީ ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީގެ މެމްބަރެއް ކަމަށާއި އޭނާ އަކީ އިބްރާގެ ޅިޔަނެއް ކަމަށެވެ.މި މައްސަލައިގައި އަހުމަދުގެ މަސްލަހަތު އޮތްކަން ފާހަގަކުރައްވާ، އިންތި ވަނީ އެހެން ބައެއްގެ ބޮލުގައި މިފަދަ އިލްޒާމެއް އެޅުވުމަށް އޭނާ ވާހަކަދެއްކެވީ ކީއްވެގެންތި ސުވާލުއުފައްދަވާފައެވެ. އެހެންކަމުން އޭނާގެ އިންޓަރގްރިޓީއާއި މެދު ވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ."އަޅުގަނޑުމެން ބަލާލިން މިއީ ކިހިނެއްވާ ކަމެއްތޯ. ރައީސް އޮފީހުން ޕްރެސްއާ ބައްދަލުކޮށް ލީގަލް ކައުންސެލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ސޯޝަލް މީޑިއާގައި މަންދު ކޮލެޖްގެ ވެރިޔާ ވަރަށް ގިނައިން އެ ކޮލެޖަށް ބަދަލު ދިނުން ނިންމި ސަބަބު ސަރުކާރުން ސާފުކޮށްދޭށޭ ބުނެ ވާހަކަ ދައްކަމުން ދަނިކޮށް، ރައީސް އޮފީހުގެ ލީގަލް ކައުންސެލްއަކީ، މަންދު ކޮލެޖް ލީގަލް ފާމްގައި މަސައްކަތް ކުރައްވާ އަދި ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީ އަދި މަންދު ކޮލެޖްގެ ވެރިޔާގެ ޅިޔަނު، އޭނާގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދަން." އިންތި ވިދާޅުވިއެވެ.އިންތި ގަބޫލުކުރައްވާ ގޮތުގައި އިންސާފަށް ހުރަސް އެޅެނީ ކޮމިޓީގެ މަސައްކަތްތައް ލަސްވެގެންނެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި އަހުމަދުގެ ވާހަކަތަކުގައި ތަފްސީލުކޮށްދެއްވީ މަންދު ކޮލެޖަށް ބަދަލުދިނުމުގެ މައްސަލައެވެ. އެ މައްސަލައަކީ އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް، އަތުލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލައެވެ. މި ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.އަހުމަދުގެ ވާހަކައާއި ގުޅިގެން އިންތި ވިދާޅުވީ އޭނާ އެ ބަދަލުދިނުމުގެ ވާހަކަތައް އެ ދެއްކެވީ އެ މައްސަލަ ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ، އިބްރާ ޓުވީޓުތަކެއް ކުރައްވާފައިވަނިކޮށް ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު