ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޣައްސާނާއި ސައީދު ޝަރުތުތަކާއެކު ދޫކޮށްލައިފި
އިސްމާއިލް ރިޒާ
26 މާޗް 2022 - 23:44
0
comments
Tweet
Telegram
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި އިއްޔެ ހަވީރު ކުރި މުޒާހަރާ އިން ހައްޔަރުކުރި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅި ކަމުގެ ތުހުމަތުގައި ގައްސާން އާއި ސައީދު އިއްޔެ ހަވީރު ހައްޔަރު ކުރީ މަސްވެރިންގެ ޕާކް ސަރަހައްދުންނެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެ ދެ މެންބަރުން ވެސް ދޫކޮށްލި އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނާއި ޕީއެންސީގެ ނައިބު ރައީސް ސައީދު، ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް ހީނާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް ކޯޓުގައި އޮތް "މުއްދަތު މަޖިލިހަށް" އެ ތިން ބޭފުޅުން ހާޒިރުކުރީ ބިޑި އަޅުވައިގެން ކަަމަށް ހީނާ ވިދާޅުވި އެވެ.
ޣައްސާނާއި ސައީދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް އިދިކޮޅުން ބުނެ އެވެ.
ޖުމްލަ 17 މީހަކު ހައްޔަރު ކުރި ކަމަށް އިދިކޮޅުން ބުނި ނަމަވެސް، ފުލުހުން އިއްޔެ ބުނީ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ 11 މީހުން ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
26 މިނެޓް ކުރިން
0
ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީ އަށް
2 ދުވަސް ކުރިން
0
ރާއްޖެއާ އޮތް ނުތަނަސްކަން ނައްތާލެވޭނެ: އިންޑިއާ
5 ދުވަސް ކުރިން
0
ގައްސާން ދެއްކި ވާހަކަ އިންޑިއާ ހައިކޮމިޝަނުން ދޮގުކޮށްފި
6 ދުވަސް ކުރިން
0
ސަރުކާރުން އެދިގެން އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕަބްލިކް ސްޕީކިން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން :ފައިސަލް
4 ގަޑިއިރު ކުރިން
0
ފާރު ވެއްޓި އަނިޔާވި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
6 ގަޑިއިރު ކުރިން
0
އޮންލައިންކޮށް ވިސާގެ ބައެއް ހިދުމަތްތައް ލިބޭ ގޮތަށް ހަމަޖައްސައިފި
6 ގަޑިއިރު ކުރިން
0
ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީ އަށް
26 މިނެޓް ކުރިން
0