ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސްޓެލްކޯއިން ވަގުތީ ކޭބަލެއް އަޅައި ހިޔާ ޓަވަރުތަކަށް ކަރަންޓު ދީފި
މަރިޔަމް އަނާ
15 ނޮވެމްބަރ 2022 - 18:30
0
comments
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުން ބައެއް ޓަވަރު
Tweet
Telegram
ހިޔާ ފުލެޓުތަކަށް ކަރަންޓު ދޭ މައި ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރަން ގިނަ ވަގުތު ނަގާނެތީ، ވަގުތީ ކޭބަލެއް އަޅައި ފްލެޓްތަކަށް ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދީފިއެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނީ އިމާރާތްކުރުމުގެ ތެރޭގައި ދީފައިވާ ގެއްލުމެއްގެ ސަބަބުންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއަދު މެންދުރު ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނީ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގައި ލިބުނު ގެއްލުމަކުންނެވެ.
ހިޔާގެ ފްލެޓްތަކުގައި ކަރަންޓާއި ފެން ނެތި ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ހޭދަވިއެވެ. އެކަމާ ގުޅިގެން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ހަތަރު ގަޑިއިރަށް ފަހު ކަރަންޓު މިހާރު އަލުން ދިނަސް، ޓަވަރުތަކުގައި އުޅޭ މީހުން މިއަދު ވަނީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފަ އެވެ. މިއަދަކީ، 20،000 އަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ އެ ސަރަހައްދުން، މިހާ ގިނަ ވަގުތަށް ކަރަންޓާއި ފެން ކެނޑުނު ފުރަތަމަ ފަހަރެވެ.
"20 ވަނަ ފްލޯއަށް މި އެރީ ހިނގާފައި. ދަރިފުޅު ގޮވައިގެން ސްކޫލުން އައި އިރު ލިފްޓްގައި ވެސް ކަރަންޓެއް ނެތް. އެހާ ގިނަ އިރުން މައްޗަށް އެރިއިރު ފެނެއް ނެތް. އަދިވެސް މިއަށްވުރެ މައްޗަށް މި ޓަވަރުތައް ނަގަންވީ،" ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކޮށްފައިވާ ޕޯސްޓެއްގަައިވެ އެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ވިއްސަކަށް ހާސް މީހުން ދިރިއުޅެ އެވެ. ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށި ވެސް ވި އެވެ.
އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާ އެކު އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
5 ދުވަސް ކުރިން
0
ދެވަނަ ފިޔަވަހީގެ ބީޗު ކެފޭ، ހަޓުތައް ނަގަން އަނެއްކާވެސް އަންގައިފި
9 ދުވަސް ކުރިން
0
ސިޓީ ކައުންސިލުގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި
9 ދުވަސް ކުރިން
0
ކުލި ކޮންޓްރޯލް ކުރުމަކީ ކަމުދާ ކަމެއް ނޫން: މިނިސްޓަރު ހައިދަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާނީ މިމަހު 31ގައި
9 ގަޑިއިރު ކުރިން
0
އީރާނުގެ ރަައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ރައްކާތެރި ނޫން ގޮތަކަށް ޖައްސައިފި
11 ގަޑިއިރު ކުރިން
0
ޕަބްލިކް ސްޕީކިން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން :ފައިސަލް
15 ގަޑިއިރު ކުރިން
0
ފާރު ވެއްޓި އަނިޔާވި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
17 ގަޑިއިރު ކުރިން
0