ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް ރާއްޖެ-ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފި
އަލީ ރާޒީ
08 ޖޫން 2023 - 14:44
0
comments
Tweet
Telegram
ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ޢާންމުކޮށް އިޢުލާން ކުރުމުން އެކަމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ. މި މަސައްކަތް ފެށުމަށްޓަކައި ދިވެހިރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުޢިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ޢާންމުކޮށް އިޢުލާންކޮށްފިއެވެ.
ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
"ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ޔޫކޭގެ މާކެޓަށް ހާއްސަ އިސްކަމެއް ދެވިފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މިގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަގުނަ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.
މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެއެވެ.
އެ މަޝްވަރާތަކުން އަލި މަގެއް ފެނިފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް: މަސްވެރި ޔޫނިއަނުން
3 ދުވަސް ކުރިން
0
ސަފީރުކަމަށް އައްޔަންކުރެއްވި 9 ބޭފުޅަކަށް ފަތްކޮޅު އަރުވައިފި
9 ދުވަސް ކުރިން
0
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު
9 ދުވަސް ކުރިން
0
ނޫސްވެރިން ހިމާޔަތްކުރާނަން: ސަރުކާރު
ކިޔުންތެރިންގެ ޝުއޫރު
67%
33%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުޑަކުދިން ދުވަސް ފާހަގަ ކުރަން އުފާ ފެސްޓިވަލް މިއަދު ހަވީރު ފަށަނީ
5 ގަޑިއިރު ކުރިން
0
ރައީސް އެދިވަޑައިގެންނެވީ ގައުމު އިސްކުރާ ޖީލަކަށް
8 ގަޑިއިރު ކުރިން
0
ފޮރިން މިނިސްޓަރު ދިއްލީގައި ތިބި ދިވެހި އާއިލާތަކާ ބައްދަލުކުރައްވައިފި
8 ގަޑިއިރު ކުރިން
0
އުމްރާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފި
8 ގަޑިއިރު ކުރިން
0