ޚަބަރު
މާލޭ ސަރަހައްދުން ގޯތި ދިނުމުން، ދުންޔާގެ ފާޑު ކިޔުން ސަރުކާރަށް!
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް ދެތިން ހަފުތާއަށް ވެފައި ވަނީ ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށާއި އެކަމަކު ވޯޓުލާން ދެތިން ހަފުތާއަށް ވުމުން ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށެވެ.

"އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫން. އެކަމަކު އޭސީސީ އަށް އެތަން ފެންނަ ކަމަކަށް ނުވޭ،" ދުންޔާ ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނެއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯތި ލިބޭ އެންމެންނަށް ގޯތީގެ ދާއިމީ ރަޖިސްޓްރީ 11 ނޮވެމްބަރުގެ ކުރިން ހަވާލުކޮށް ނިމޭނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ހުޅުމާލެއިންނާއި ގުޅީފަޅުން ދިނުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ވެސް މި ހަފްތާގައި ފަށާނެ ކަމަށެވެ. 

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ދަނޑުގައި ކުރިޔަށް ދިޔަ ގުރުލުމުގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި އެ މީހުންނަށް ކޮންމެ ތަނަކުން ގޯތި ލިބުނަސް އެންމެ ރަނގަޅެވެ.

ކިޔުންތެރިންގެ ޝުއޫރު
67%
0%
11%
22%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު