ޚަބަރު
ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވަނީ އަޅުގަނޑު: ނާޒިމް
މުއިއްޒުގެ ކެމްޕެއިނަށް އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ.
އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެކަކަށް ވާނީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަޒު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާ އެއްވެސް ވެރިޔަކު ޖަލުގައި ހުންނަވަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑެއް ނޭދެމޭ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަވާކަށް. ސެލެކްޓިވް ޖަސްޓިސް، ވަކި ބޭފުޅަކަށް ހަރާން ހުކުމެއް ކޮށްގެން ދާ ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން."

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 1،907 ވޯޓު ލިބިވަޑައިގެން ނާޒިމް ވަނީ ޕީޕީއެމް،ޕީއެންސީއާ އެކު ކޯލިޝަން ހަދައިފައެވެ. މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވިއިރު ނާޒިމް ފުރަތަމަ ހުންނެވީ ޕީޕީއެމްގައެވެ. އެކަމަކު، ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ކަމުގެ ތުހުމަތުގައި އެ ސަރުކާރުގައި ވަނީ ނާޒިމް ޖަލަށްލައިފައެވެ.

އެ ފަހުން، އޭނާ ވަނީ ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފެއްދި ކޯލިޝަންގައި އިސް ދައުރެއް އަދާކޮށްފައެވެ. ފަހުން އޭނާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާއެވެ.

އެކަމަކު، ފަހުން ޖޭޕީން ވެސް ވަކިވެ، މިހާރު އޭނާ ގެންދަވަނީ އެމްއެންޕީގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ސިޔާސީ ހަރަކާތް ހިންގަމުންނެވެ.

މުއިއްޒުގެ ކެމްޕެއިނަށް އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު