ޚަބަރު
ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ ހަމަޖައްސަން މަޖިލީހަށް
ފޮރިން ސާވިސް އިންސްޓިޓިޔުޓްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހަދީޖާ ނަޖީހާ
ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ނަޖީހާ ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުން އިއްޔެ ވަނީ އެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުހަލާގައި ޤައުމުތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިޤާލީ އޮފީހުން ވަނީ ފާޅު ކުރައްވާފައެވެ. މިހާލަތުގައި ސަފީރުން އައްޔަން ކުރެއްވުމާއި، ވަޒީފާތަކަށް މީހުން ނެގުމާއި، އައު މަޝްރޫޢުތައް ކުރިއަށް ނުގެންދިއުމަށް އިންތިޤާލީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.

ޕާކިސްތާނުގެ ސަފީރު ކަމަށް ޚަދީޖާ ނަޖީޙާ އައްޔަން ކުރަން ފޮނުވާފައިވާއިރު އިއްޔެވެސް ވަނީ ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރުމަށް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު