ޚަބަރު
ޖަޕާނުން ރާއްޖެއަށް 38 މިލިއަން ރުފިޔަގެ ޑްރަގް ޓެސްޓިން ކިޓު ހަދިޔާާކޮށްފި
މަސްތުވާތަކެތި ދަނެގަނެ، ޓެސްޓު ކުރުމަށް ބޭނުންވާ 38 މިލިއަން ރުފިޔާގެ ސާމާނު ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ ސިފައިންނަށް ބުރާސްފަތި ދުވަހު ހަދިޔާކޮށްފި އެވެ.

ޖަޕާނުން އެ ތަކެތި ހަދިޔާ ކުރީ އދ. ގެ މަސްތުވާތަކެއްޗާ ބެހޭ އޮފީހާއެކު އެ ގައުމުން މާޗް، 2023 ގައި ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ ތަކެތި ބޭނުން ކުރާނީ ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި ޓެސްޓު ކުރުމަށެވެ.

ޖަޕާނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ބޭނުން ކުރާނީ މަސްތުވާތަކެތި ދަނެގަތުމަށާއި ތަހުގީގު މަރުހަލާގަ އާއި ދައުވާ ކުރާ މަރުހަލާގައި ކަމަށެވެ. އެ ތަކެތި ހާއްސަ ކުރީ ފިޝެރީޒް ސެކްޓަރުގައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށެވެ.

މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ރާއްޖެއާ ހަވާލުވީ ސިފައިން ބޭނުން ކުރާ ބަންޑާރަ ކޮށީގައި ބޭއްވި ހަފުލާއެއްގައި ޖަޕާނުގެ އެމްބެސެޑަރު ޓަކެއޫޗީ މިޑޯރީ އެވެ. ސާމާނާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ރާއްޖެއަށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. އަދި ރާއްޖެއިން އެ ސާމާނާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެ މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ވަނީ ޖަޕާން ސަރުކާރުގެ އެހީގައި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެކެވެ. މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެކެވެ.

މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު