ޚަބަރު
ނައީމާ މަރާލި މައްސަލައިގައި ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ
ނ.މަނަދޫގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ނައީމާ ދިރިއުޅުނު ގޭގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި އެރަށު ތިން މީހަކު ހައްޔަރުކުރި އެވެ.

އެ މައްސަލާގެ ތަހުގީގު ނިންމުމަށްފަހު އެ ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މިހާރު ފުލުހުން މައްސަލަ ފޮނުވާފައިވާ ކަން ޕީޖީ އޮފީހުން ކަށަވަރުކޮށް ދިނެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާ ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ އެރަށު ތިން ޒުވާނެއް ކަމަށްވާ އަޒްހަމް އަބްދުއްޝުކޫރާއި އަބްދުލްވާހިދު ރިފާސް އާއި ހަސަން ފަވާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީން މި ހަފުތާގައި ގޮތެއް ނިންމާނެއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު