ޚަބަރު
މަޖިލީހުގެ އިއްތިފާގުން އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް 300 މިލިއަން ރުފިޔާ އިތުރުކޮށް, 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެކި ދާއިރާތަކުން 306 މިލިއަން ރުފިޔާ އިތުރުކުރި އެވެ.

ބަޖެޓުގެ ތަފްސީލް

- ޖުމްލަ ބަޖެޓު: 49.8 ބިލިއަން ރުފިޔާ

- އާމްދަނީ: 33.5 ބިލިއަން ރުފިޔާ

- ޕީއެސްއައިޕީ: 8.9 ބިލިއަން ރުފިޔާ

- ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ.

ކޮމިޓީން ނިންމި ގޮތަށް މަޖިލިސް ތަޅުމުން ބަޖެޓު ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އެެހީ އެއަށް އިތުރު އިސްލާހެއް ހުށަހަޅާފައި ނުވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު