ޚަބަރު
ތުރުކީން ދޭ 30 ސްކޮލަޝިޕަށް ހުޅުވާލައިފި
ގައުމީ ޔުނިވާސިޓީން ދަސްވެނިވި ބައެއް ދަރިވަރުން - ފޮޓޯ: ރައީސް އޮފީސް
ތުރުކީން ރާއްޖެއަށް މި ފަހަރު ދިނުމަށް ހަމަޖެހިފައިވާ 30 ސްކްލާޝިޕްގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ސްކޮލަޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީގެ ފުރުސަތެވެ.

މި ސްކޮލަޝިޕްތަކަށް ނޮމިނޭޓްކުރުމުގައި ފުރަތަމަ އިސްކަންދޭނީ "ޓްރޭނިންގ ނީޑްސް" ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކަށް އެދިފައިވާ ފަރާތްތަކަށް މިނިސްޓްރީން ބުނެ އެވެ. އަދި ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ އެވެ.

ތުރުކީ އިން ރާއްޖެއަށް ކޮންމެ އަހަރަކު ދޭ ސްކޮލާޝިޕްގެ އަދަދު 30 އަށް އިތުރުކޮށް ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސްކޮލާޝިޕް އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ މިސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ބޭނުންވާ ކުދިން ކުރިއަށް އޮތް ޖެނުއަރީ ހަތްވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިން "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު