ޚަބަރު
ޕްރެޝަރު ބޮޑުވެ، ބްލޮކްކުރި އޮންލައިން ސައިޓްތައް އިޔާދަކޮށްފި
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --
ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓު ބްލޮކް ކުރުމުން ޕްރެޝަރު ބޮޑުވެ ސަރުކާރުން މިއަދު ދެ ވެބްސައިޓް ދޫކޮށްލައިފި އެވެ.

އެ ދެ ނޫހަކީ ކުރުސީ.ކޮމް އާއި އޮއިވަރު އެވެ. މި ދެ ނޫސް މިއަދު އަންބްލޮކްކުރި އިރު، ބްލޮކްކުރި "ފުރަތަމަ ނޫސް" ކުރިން އަންބްލޮކްކޮށްފައިވެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މައްސަލާގައި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ މިހާރު އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ.

އެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމުން ސަރުކާރުން ކުރިން ބުނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ރަޖިސްޓާ ނުކުރާ މީޑިއާ ހިންގުމަކީ ވެސް ގާނޫނުން ހުއްދަ ކަމެކެވެ.

ސަރުކާރުގެ ނިންމުންތަކަށް ފާޑު ކިޔައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، ހަބަރު ފަތުރަމުން ދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުން އާންމުންނާއި އިދިކޮޅުން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ މީހުންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު