ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޫސުން ރަނގަޅުވުމުން އަމީނީ މަގުގެ މަސައްކަތް އަލުން ފަށައިފި
އައިމިނަތު ޝިޔާޒާ
01 ޖެނުއަރީ 2024 - 18:34
0
comments
Tweet
Telegram
މެެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުގެ ސަބަބުން އަމީނީ މަގު ހެދުމުގެ މަސައްކަތް އިއްޔެ މެދުކަނޑާލުމަށް ފަހު، އެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން މިއަދު އަލުން ފަށައިފިއެވެ.
އާރް.ޑީ.ސީއިން ވަނީ އާދިއްތަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އަމީނީމަގުގެ މަސައްކަތްތައް މަޑުޖައްސާލާފައެވެ. އަދި އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަޙައްދަކަށް ނުވުމުން، އެ ސަރަހައްދަށް ނުވަނުމަށްވެސް އެކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތެވެ. އެގޮތުން ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހަންޖެހޭ ގައުތައް ޖެހުން ފަދަ މަސައްކަތް ދަނީ ކުރަމުންނެވެ.
އާރްޑީސީން ކުރަމުން އަންނަނީ އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތެވެ. އެއީ އެމަގުގެ ނުނިމި އޮތް ބައެވެ.
މޫސުންތަންދޭނަމަ ގާތްގަނޑަކަށް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާ އަމީނީ މަގުގެ ބަންދުކޮށްފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލެވޭނެކަމަށް އާރްޑީސީއިން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.
އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އެކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ދުވަސް ކުރިން
0
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްރޫއެއް
1 މަސް ކުރިން
0
އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ހަދަން ފަށައިފި
2 މަސް ކުރިން
0
ވެލާނާ އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން އާރުޑީސީއާ ހަވާލުކޮށްފި
2 މަސް ކުރިން
6
އާރުޑީސީގެ 14 މިލިއަންގެ ހިޔާނާތެއް ބަލަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
16 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
16 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
17 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
17 ގަޑިއިރު ކުރިން
0