ޚަބަރު
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާގުޅިގެން ރައީސްގެ ތަޢުޒިޔާ
ޖަޕާނަށް އިއްޔެ އައި ބިންހެލުމާއި ސުނާމީއާ ގުޅިގެން އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި، ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. 

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ޖަޕާނުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، ކާރިސާއިން ޤައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޖަޕާނުގެ މިއަދު ބިންހެލުމުގައި ލިބުނު ގެއްލުން ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ބަލަމުންނެވެ. ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 20 އަށް އަރަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު