ޚަބަރު
އަންހެނުންނަށް ހާއްސަ ޕްރެކްޓީސް ޕާލިމެންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި އަންނެހުންނަށް ހާއްސަކޮށްގެން، ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓު ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ބާއްވާ "ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން"ގެ ހަވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫއެންޑީޕީ މޯލްޑިވްސް އާއި ރައްޔިތުންގެ މަޖިލީހާއި އޮސްޓްރޭލިއަންއެއިޑް އަދި އިޖްތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާއިން ގުޅިގެން ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވެވޭވީ 25 އަހަރުން މަތީގެ އަންނެހުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 23 ޖެނުއަރީ އިން 27 ޖެނުއަރީގެ ނިޔަލަށެވެ.

އަންހެނުންނަށް ހާއްސަ ޕްރެކްޓިސް ޕާލިމެންޓް މިއަހަރު ބާއްވަން ހަމަޖައްސާފައިވަނީ ފެބުރުއަރީ 18 އިން 24 އަށް މާލެ ސިޓީގައެވެ.

މާލޭގައި މި ޕްރޮގްރާމް ބޭއްވުނު ނަމަވެސް، މޭލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ދަތުރުކުރުމާއި، އެކަމާ ގުޅުންހުރި އެހީތެރިކަން އިންތިޒާމުކުރާ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 250 އަށްވުރެ ގިނަ މީހުން ވޭތުވެދިޔަ ޕްރެކްޓިސް ޕާލަމެންޓުތަކުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި، އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނެއެވެ.

މި ޕްރޮގްރާމުގެ ތެރޭގައި މަދަނީ ތައުލީމުގެ މައިގަނޑު ކަންކަމާއި، ރައްޔިތުންގެ މަޖިލީހުގެ މުހިއްމު މަރުހަލާތަކާއި، ކަމާގުޅުންހުރި ސިޔާސަތުތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުން ހިމެނެ އެވެ. އަދި، މަޖިލީހުގެ ޖަލްސާއެއްގެ ނަމޫނާ މާދީރީ ބާއްވައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމް ހިންގުމުގެ މަގްސަދުތަކުގެ ތެރޭގައި ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މުޖުތަމައަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް އަންހެނުން އެދުމާއި، އިންްތިހާބު ކުރެވޭ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ. 

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓާކުރުމަށް، ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ދިރިއުޅޭ ރަށުގެ މައުލޫމާތު ޖެހުމަށް ފަހު، ޔޫއެންޑީޕީގެ ނަންބަރު 9397651 އަށް މެސެޖުކުރަން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު