ޚަބަރު
ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އިއްޔެ ހުޅުވާލައިފި އެވެ.

ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ދަފްތަރު އެކުލަވާލަން ސަރުކާރުގެ ހަފްތާ 14 ގެ މަގުޗާޓުގައި ވަނީ ހިމަނާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަފްތާ 14 ގެ މަގުޗާޓާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓްރީވާން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވައިލުމުން އެ މީހުންނަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެ އެވެ. އަދި މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މަގުސަދަކީ ޓެކްސީ ޑްރައިވަރުންނަށް މާލީ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި މާލީ ވަސީލަތްތައް ހޯދަން ފަސޭހަކޮށް ދިނުމާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ތެރެއިން ވެސް މުއާމަލާތް ކުރުން ފަސޭހަކޮށް ދިނުމެވެ.

މި ދަފްތަރު އެކުލަވާލުމާ ގުޅޭ މަޝްވަރާތައް މިދިޔަ މަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވެސް ވަނީ ކޮށްފަ އެވެ. ޓެކްސީ ޑްރައިވަރުންނަށް ޑިޖިޓަލް ޕޭމެންޓްގެ ފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމާއި ބޭރު ގައުމުތަކުގައި ޓެކްސީ ހިދުމަތް ދޭ ގޮތަށް މި ދާއިރާއަށް ބަދަލުތައް ގެނައުމާއި ތިމާވެއްޓާ ރަށްޓެހި ޓެކްސީގެ ނިޒާމު ގާއިމްކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު