ޚަބަރު
ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވާތީ ކަންބޮޑުވެއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ތާވަލް ނުކޮށް ލަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ ދުސްތޫރުގެ "ސުޕްރިމަސީ" ނަގަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ޒިންމާދާރު އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި، ގާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

މިނިވަން ޝަރުއީ ދާއިރާއެއްގެ އެންމެ އަސާސީ އެއް ސިފައަކީ އެއްވެސް ބިރެއް ޖެހިލުމެއް ނުބައި ނިޔަތެއް ނެތި ވަކި ފަރާތަކަށް ޖެހުމެއް ނެތި، ވަކި މީހަކަށް ވީތީ ތަފާތުކުރުމެއްވެސް ނުގެން ގުޅޭ އަދި އެއްވެސް ދިމާލަކުން އަންނަ ފިއްތުމަކަށް ނުފޫޒަކަށް ނުލެނބި މައްސަލަތައް ހަމަހަމަކަމާއި އަދުލުވެރިކަމާ އެކު ނިންމުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް ކޯޓުތަކުން ލަސްވާތަން ފެންނައިރު ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމާ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަންވެސް ފެނިގެން ގޮސްފައިވާއިރު މިދެންނެވުނު ކަންކަމަށް ބަލާއިރު ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަކަކަށް ގަބޫލެއް ނުކުރެވެ އެވެ،" ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަޔާނުގައިވެ އެވެ. 

ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ، ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި ބަޔަކަށްވާއިރު، ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބައެއް ކަމަށެވެ. އެމީހުން މަސައްކަތް ކުރަން ޖެހޭނީ، ވަކި މީހަކަށްވީތީ ތަފާތުކުރުމެއް ނެތި، އެއްވެސް ދިމާލަކުން އަންނަ ނުފޫޒަކަށް ނުލެނބި ކަމަށެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އިސްތިއުނާފް މައްސަލަ ލަސްވެގެން ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކުރި އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާއެކު 40 ކެނޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ. ނަމަވެސް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ އަމަލީ ގޮތުން ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވުން މަނަލެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު