ޚަބަރު
އެމެރިކާއިން 8 މިލިއަން ޑޮލަރު ރާއްޖެއަށް ދެނީ
ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ޖުމްލަ އަށް މިލިއަން އެމެރިކާ ޑޮލަރަށް ހަތަރު ބޯޓު ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެމެރިކާއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކޮށްފިއެވެ.

އެމެރިކާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވާ ގޮތުން ހަތަރު ޕެޓްރޯލް އުޅަނދަށް ފައިސާ ދިނުމުގެ ބޭނުމަކީ:

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުން

  • ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ އީއީޒެޑް ތެރޭގައި ހިންގާ އަމަލުތައް ހުއްޓުވުން

މިކަމާ ބެހޭ މައުލޫމާތު މިހާތަނަށް ދިވެހި ސަރުކާރުން ހިއްސާކޮށްފައެއް ނުވެ އެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓުމަށްޓަކައި ތުރުކީއާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު