ވިޔަފާރި
ސްޓެލްކޯގެ ބޯޑު ބައްދަލުވުމެއް ހެޑް އޮފީހުން ބޭރުގައި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ބޯޑް މީޓިންއެއް ފުރަތަމަ ފަހަރަށް ހެޑް އޮފީހުން ބޭރުގައި ބާއްވައިފި އެވެ. އެ ކުންފުނިން ރޭ ބުނީ ތާރީހީ ބޯޑު ބައްދަލުވުން އިއްޔެ ބޭއްވީ ކ. ހިންމަފުށީގައި ކަމަށެވެ.

ހިންމަފުށީގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޗެއާމަން މުޙައްމަދު ލަޠީފާއި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހިންމަފުށީގައި ބޯޑު ބައްދަލުވުން ބޭއްވުމުގެ އިތުރަށް ކުންފުނީގެ ވެރިން ވަނީ ކ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައި ސްޓެލްކޯގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށްރަށުގައި މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް ސްޓެލްކޯގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ.

ސްޓެލްކޯއިން ބުނީ، މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު