ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިސްކިތްތަކުގެ ކަރަންޓް ބިލަށް ހެޔޮ ބަދަލެއް ގެންނަނީ
މަރިޔަމް އަނާ
27 ފެބުރުއަރީ 2024 - 08:38
0
comments
Tweet
Telegram
މިސްކިތްތަކުގެ ކަރަންޓު ބިލަށް ބޮޑު ލުޔެއް ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްްޒު އިއުލާންކުރައްވައިފި އެވެ.
ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓް ބިލަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
"މިހާރު ދައްކަންޖެހެނީ ގަވަމެންޓް ރޭޓު ކިޔާ ރޭޓެއްގައި. އެ ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" މިސްކިތްތަކުގެ ކަރަންޓް ބިލަށް ގެންނަ ބަދަލު ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބަދަލާއެކު ކައުންސިލްތަކުން ކޮންމެ މަހަކު ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ފެނަކަ އާއި ސްޓެލްކޯ އަށް ގެއްލޭނެ ކަމަށާއި ފެނަކަ އަށް އެހެން އުސޫލަކުން އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އުތުރުގެ ހަތަރު އަތޮޅު ތަރައްޤީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީވާނީ އުތުރު ތަރައްޤީގެ މައި ހަބުގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެއާޕޯޓް ފެންވަރު މަތިކުރުމާއި، އެސިޓީގެ ޕޯޓް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމާއި، ޞިއްޙީ ޚިދުމަތް ތަރައްޤީކުރުންފަދަ، އެ ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ގަޑިއިރު ކުރިން
0
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
15 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
2 ދުވަސް ކުރިން
0
އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް
5 ދުވަސް ކުރިން
0
ހިދުމަތުގެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
15 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
15 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
16 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
16 ގަޑިއިރު ކުރިން
0