ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެއްބާރުލުން ލިބޭނަމަ، މަސައްކަތް ބާރު ސްޕީޑުގައި ކުރެވޭނެ: ރައީސް
އަލީ ރާޒީ
04 މާޗް 2024 - 14:38
0
comments
Tweet
Telegram
ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނަމަ، އެކަންކަން ބާރު ސްޕީޑުގައި ކުރެވޭނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު މާޅޮސްމަޑުލު އުތުރުބުރީ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިތާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި އެމަނިކުފާނު ކުލަޖައްސަވައި ދެއްވާނެކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ބަނދަރުގެ މަޝްރޫޢަށް ރައްޔިތުން ބޭނުންވާ ބަދަލުތައްގެނެސް އެ މަޝްރޫއު ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުންވެސް ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުޅިވަރުގެ ދާއިރާއާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. ހަމަ އެއާއެކު ދެންވެސް ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ހިތާދޫކީ، ރައީސް މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ހަވަނަ މަންޒިލެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
މައިންބަފައިން ބަލާ މީހުންނަށް ހައުސިން ސްކީމްތަކުން އިތުރަށް ޕޮއިންޓް ދެނީ
22 ގަޑިއިރު ކުރިން
0
ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މައުރަޒެއް ބާއްވަނީ
22 ގަޑިއިރު ކުރިން
0
ނަތަންޔާހު ހައްޔަރުކުރުމުގެ އަމުރަށް، ރާއްޖޭގެ މަރުހަބާ
1 ދުވަސް ކުރިން
0
ރައީސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މައިންބަފައިން ބަލާ މީހުންނަށް ހައުސިން ސްކީމްތަކުން އިތުރަށް ޕޮއިންޓް ދެނީ
4 ގަޑިއިރު ކުރިން
0
ކައްކާ ގޭސް 5 މަސްދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ
4 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު އަލަށް 23،000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު
4 ގަޑިއިރު ކުރިން
0
ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެނީ!
4 ގަޑިއިރު ކުރިން
0