ޚަބަރު
ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާ އިން ކޮށް އުޅުނު ކަމެއް ނޫން: ހަލީލް
މުލިއާގޭގައި ހުރި ކަމަށް ބުނެ ފަތުރަމުންދާ ކަރޯކޭ ސިސްޓަމުގެ ފޮޓޯ
ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބަހައްޓާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް އެހެން ވިދާޅުވީ، ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ދައުލަތުން ހަރަދު ކޮށްގެން އަޑު ބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަށް ދެއްވި ރައްދުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް އެ ވާހަކަތައް ދެއްކިު އެވެ.

ނަމަވެސް ހަލީލް ވިދާޅުވި ގޮތުގައި ސިޔާސީ ފަރާތްތަކުން ދައްކަމުންދާ އެ ވާހަކައަކީ ބޮޑު ދޮގެކެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ،" މީޑިއާއާ ހިއްސާ ކުރެއްވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ ދިރިއުޅުއްވީ އަމިއްލަގެ، މ. ދިމްޔާތުގަ އެވެ. މުލީއާގެ މަރާމާތު ކުރުމަށް ފަހު ރައީސް މުއިއްޒާއި އާއިލާ މުލީއާގެ އަށް ބަދަލުވެވަޑައިގަތީ ހުވާ ކުރެއްވިތާ އައްޑިހަ ދުވަސް ފަހުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު