ޚަބަރު
ގަމުގައި ތިބި އިންޑިއާ ސިފައިން ފައިބައިފި
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތިބި އިންޑިއާ ސިފައިން ފޮނުވާލައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އައްޑޫގައި އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ގާއިމްވެގެން ނުތިބޭނެކަމަށާއި އެންމެން ވެސް މިހާރު ގޮސްފައިވާ ކަމަށެވެ.

އެއީ މީގެ ކުރިން ސަރުކާރުން މައުލޫމާތު ދިން ގޮތުގައި 25 ސިފައިންނެވެ.

މީގެ އިތުރުން ލ. ކައްދުއާއި ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން ތިބިއިރު، އެ ތަންތަނުގައި ތިބި ސިފައިން ގެންދާނީ މޭ 10ގެ ކުރިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ތިބި ކަމަށް ބުނަނީ އިންޑިއާ ސިފައިންގެ 89 މީހުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދުތައް މުއިއްޒުގެ ވެރިކަމުގައި ބޭނުމެއް ނުކުރެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު