ޚަބަރު
ޔާމީނަށް ދިން ލުއިތައް ރިވިއުކުރަން ފަށައިފި
ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އިން ބުނެފިއެވެ.

ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ ކަރެކްޝަންސް އިން ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ސިޔާސީ ކަންކަމުގައި ބައިވެރިވަމުންދާތީ މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކަރެކްޝަންސް އިން ވަނީ ޔާމީނަށް އިންޒާރު ދީފަ އެވެ. އެންމެފަހުން ޔާމީން ދާދިފަހުން ވަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހުޅުމާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ ޔާމީން ކަރެކްޝަންސްގެ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ, އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާއިރު އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމެކެވެ. އެހެންވެ، އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން މީގެ ކުރިން އެތައް ފަހަރު އޮތީ ދީފަ އެވެ.

މިއީ ޔާމީންގެ މައްސަލަ ބަލަމުންދާ ކަމަށް އެ އިދާރާ އިން ބުނި 4 ވަނަ ފަހަރެވެ. އެކަމަކު ކުރިން އެއްވެސް ކަހަލަ ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެ އެެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު