ޚަބަރު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. އެހެންކަމުން މިއީ ކިހާ ދުވަހެއްގެ ދަތުރުފުޅެއްކަމެއް އަދި ނޭނގެއެވެ.

މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ އެއްފަހަރު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއީ, މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި އިރެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ހޭދަކުރެއްވީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. އެއަށް ފަހު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު