ޚަބަރު
ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
ވިލިމާލޭގައި އިމާރާތް ކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މާލެ ސިޓީ، ވ. ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ވަނީ ވިލިމާލެ ހޮސްޕިޓަލުގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައިފައެވެ.

"ސިއްހީ މަރުކަޒަކުން ދެވެންޖެހޭ ޚިދުމަތެއް ވެސް [ވިލިމާލެ] ހޮސްޕިޓަލަކުން ދެވެނީއެއް ނޫން. އެންމެ އިމަޖެންސީވެގެން ވިޔަސް ފުރައިގެން ދާންޖެހެނީ މާލެ،" އޭނާ ބުންނެވެ.

ރައީސް ވިދާޅުވީ އެއީ ޗައިނާގެ ހިލޭ އެހީގައި ހިންގާ މަޝްރޫއު އެއް ކަމަށެވެ. އެ މަޝްރޫއު ގައި މިހާރު ކުރިއަށް ދަނީ ޑިޒައިންއާ ޓެކްނިކަލް މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލް އެޅުމަށް ބިން ކަނޑަަައަޅާފައިވާ ކަަމަށާ ޑިޒައިންއާ އެހެނިހެން މަސައްކަތް ނިމި ހޮސްޕިޓަލް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިލިމާލޭ ގައި ހޮސްޕިޓަލެއް ހުރި ނަމަވެސް އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުމަކީ އެ އަވަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު